twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ނޭކުރަންދޫ ޒިކުރާ މަދަހަ މުބާރާތް މިއަހަރު ޖޫންމަހު ބާއްވަނީ

May 15, 2016

ހދ.ނޭކުރެންދޫއަށް ހުޅުވާލައިގެން ބާއްވާ “ޒިކުރާ މަދަހަ މުބާރާތް 1437” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭކުރަންދޫގެ ޑެކަގަން ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ޖޫންމަހު ބާއްވާ މި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.

8 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 5 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 19 އަހަރުން ދަށް، 35 އަހަރުން ދަށް އަދި 35 އަހަރުން މަތީގެ އުމުރުފުރާ ހިމެނެ އެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް އިނާމް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މިއަހަރު މިމުބާރާތް ކުރިއަށްދާނީ ޖޫން 23 އިން 25 ގެ ނިޔަލަށް ނޭކުރަންދޫ ސްކޫލުގެ ހޯލްގައި އެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތަކުން ނޭކުރަންދޫގައި ހުންނަ ޑެކަގަން ސްޕޯޓްސް ކުލަބުގެ އޮފީހުން ރޭގަނޑު 8:30 އިން 9:30 ނަން ނޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

މިދިޔަ އަހަރުގެ މަދަހަ މުބާރާތުގައި 170 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ މިމުބާރާތް ވިދިވިދިގެން ބާއްވާ 3 ވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355