twitterviber whatsapp telegramfacebookyoutube instagram
14th August 2026

މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ހޯރަފުއްޓަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރައްވައިފި

May 16, 2016

ހއ ހޯރަފުއްޓަށް މިއަދު ރައީސް އަބްދުﷲ ޔާމިން ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރައްވައިފި އެވެ.

ރައީސް ޔާމިން މިއަދު ހޯރައްފުއްޓަށް ކުރައްވަން ހަަމަޖެހިފައިވާ ދަތުރުފުޅަކީ އެރަށުގައި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ރަސްމީކޮށް ހުޅުވުމަށާއި އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.

މި ދަތުރަށް ތައްޔާރުވުމަށް އެރަށް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

މިއަދުގެ ދަތުރުފުޅު ފަސްކޮށްފައިވާއިރު ދެން މިދަތުރު ކުރެއްވުމަށް ހަމަޖެހިފައި އަންނަ މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް މިކަމަށް ރައީސް އޮފީހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355