twitterviber whatsapp telegramfacebookyoutube instagram
12th April 2026

މާލެއިން ފުރައިގެން ހއ ވަށަފަރަށް ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެ

May 17, 2016

މުދަލާއި މީހުން ގޮވައިގެން ހއ ވަށަފަރަށް ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.

ވަށަފަރަށް ދަތުރުކުރި އެރަށު “އަރަފާ އެކްސްޕްރެސް” ބޯޓް އަޑިއަށްގޮސް ފައިވަނީ ވަށަފަރަށް ވަންނަން އުޅުމުގެ ތެރޭގައި ރޭ ފަތިހު ބޯޓް ނެރު ފައިކައްޓަށް އަރައިގެން ނެވެ.

މި ހާދިސާގައި ބޯޓު އަޑިއަށް ދިއުމާއެކު އޭގައި ތިބި އެންމެން ވަށަފަރަށް ބާލާފައި ވާއިރު އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އެ ހާދިސާގައި ބޯޓުން އޮޔާ ދިޔަ ބައެއް ތަކެތި ފުލުހުންނާއި އާއްމުންނާއި ގުޅިގެން ހޮވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

.އެ ބޯޓް ތިލަކުރުމުގެ މަސައްކަތް ރައްޔިތުންނާ ފުލުހުން މިހާރުވަނީ ފަށާފައެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355