twitterviber whatsapp telegramfacebookyoutube instagram
14th August 2026

ދިއްދޫގައި ހުރި އެމްޑިޕީގެ ދެ ޖަހަގަ ފުލުހުން ރޫޅާލައިފި

May 17, 2016

ހއ ދިއްދޫގައި ހުރި އެމްޑީޕީގެ ދެ ޖަގަހައެއް ފުލުހުން ރޫޅާލައިފި އެވެ.

މިއަދު ހެނދުނު 8:30 ހާ އިރު ފުލުހުން ނުކުމެ އެޖަގަހަތައް ރޫޅާލުމުގެ މަސައްކަތް ފެށީ ހޯމް މިނިސްޓްރީން އަންގައިގެން ދިއްދޫ ކައުންސިލްގެ ހުއްދަ އެހީތެރިކަމާއެކު އެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝިނާނު ވިދާޅުވީ އެ 2 ޖަހަގަ ރޫޅާލަނީ ދެވުނު ފުރުސަތުގައި އަމިއްލައަށް ރޫޅާލާފައި ނުވާތީ ކަމަށާއި ފުލުހުންނާ އެކު ދެކުވުނު ވާހަކަތަކުން އެޕާޓީގެ ޖަގަހަ ނުހުންނާނެ ކަމަށް އެމްޑީޕީ ބުނިކަމަށް ސީއެންއެމްއަށް ދެއްވި އިންޓަވިއުގެ ސިނާން ވިދާޅުވިއެވެ.

ޕީޕީއެމުން އެޕާޓީގެ ޖަގަހަތައް ރޫޅާލަން އެއްބަސްވެ އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވާތީ އެޕާޓިގެ ޖަގަހަތައް ފުލުހުން ރޫޅާލަމުން ނުދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355