މޫސުމް ގޯސްވެ ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދޭތެރޭ ދުއްވާ ލޯންޗުތަކުގެ ދަތުރުތައް މެދުކަނޑާލައިފި އެވެ.
ކޮންމެ ދުވަހަކުވެސް ކުޅުދުއްފުއްޓާއި ހަނިމާދޫ އެއާޕޯޓާއި ދެމެދު ގިނަ ލޯންޗުތަކެއް ދަތުރުކުރެ އެވެ.
ލޯންޗު ދަތުރުތައް މިއަދު މެދުކަނޑާލަން ޖެހުނީ ވައިގަދަވެ މޫސުމް ގޯސް ވުމުގެ ސަބަބުންނެވެ. ލޯންޗުގެ ތަކުގެ ވެރިން ބުނީ މިއަދުގެ މޫސުން ލޯންޗު ދަތުރުކުރެވޭ ވަރަށް ވުރެ ގޯސް ކަަމަށާއި މެންދުރުފަހު އިތުރު ދަތުރުތައް ނުނަގާނެ ކަމަށެވެ.
މިއަދު ހެނދުނު ކުޅުދުއްފުށިން ހަނިމާދޫ އެއާޕޯޓަށް ދިޔަ ބައެއް ލޯންޗުތައް މޫސުމް ގޯސްވުމުން ނުފުރި ހަނިމާދޫގައި ވަނީ ތާށިވެފައިވެފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ މޫސުމަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިއުތިމާސްކުރެއެވެ.