twitterviber whatsapp telegramfacebookyoutube instagram
14th August 2026

24 ގަޑިއިރަށް ވުރެ ގިނައިރު ވީއިރުވެސް ވަށަފަރު ބޯޓް ފުންނުކުރެވި

May 18, 2016

އިއްޔެ ރޭ ފަތިހު ހއ ވަށަފަރަށް ވަންނަ އުޅުމުގެ ތެރޭގައި ނެރުގެ ފައިކައްޓަށް އަރައި އަޑިއަށް ދިޔަ އެރަށު އެކްސްޕްރެސް ބޯޓް 24 ގަޑިއިރަށް ވުރެ ގިނައިރު ވީއިރުވެސް ފުންވަނީ ނުކުރެވިފަ އެވެ.

މި ބޯޓަކީ މާލެއިން ހއ އަތޮޅުގެ ރަށްތަކަކަށް މުދަލާއި މީހުން ގޮވައިގެން ދަތުރުކުރާ ބޯޓެކެވެ. މިފަހަރުވެސް ރޯދައަށް ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން އައި މިބޯޓް ފައިކައްޓަށް އަރައި އަޑިއަށް ދިއުމުން ގިނަ މުދާތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ވަށަފަރު ބޯޓުން ބޭލި ބައެއް މުދާތައް–

ބޯޓް ފުންކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު ބުނީ ބޯޓް ފުންކުރުމުގައި ސިފައިނާ ފުލުހުން ހަރަކާތެރިވަމުން ދިޔަ ނަމަވެސް ފުންކުރުމަށް އެކަށީގެންވާ ވަސީލަތެއް އެމީހުން ބޭނުން ކުރަމުން ނުދާ ކަމަށެވެ.

އޭނާ ބުނީ ބޯޓް ފުންކުރުމަށް ބޯޓުގައި ވަލެއް ޖަހައިގެން ވަލުގެ އަނެއް ކޮޅުގައި ރައްޔިތުން ހިފައިގެން އެއްގަމަށް ބޯޓް ދެމުން ނޫން އިތުރުކަމެއް ނުކުރާ ކަމަށެވެ.

މި ހާދިސާގައި ބޯޓު އަޑިއަށް ދިއުމާއެކު އޭގައި ތިބި އެންމެން ވަށަފަރަށް ބާލާފައި ވާއިރު އެއްވެސް މީހަކަށް އަނިޔާވެފައިވާއެއް ނުވެ އެވެ.

ވަށަފަރު ބޯޓުން ބޭލި ބައެއް މުދާތައް

މިހާދިސާގައި ބޯޓުން އޮޔާ ދިޔަ ބައެއް ތަކެތި ފުލުހުންނާއި އާއްމުންނާއި ގުޅިގެން ހޮވާފައިވާއިރު އެތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355