ކުޅުދުއްފުށީގައި ހުންނަ އުތުރުގެ ވިޔަފާރި ތަރައްގީކުރުމާ ބެހޭ ސެންޓަރުގެ މެނޭޖަރުކަމުގެ މަގާމަށް އަހުމަދު ޔާސިމް ހަމަޖައްސައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގައިމުން އަންނަ މި އޮފީހުގެ މެނޭޖަރުކަމަށް ޔާސިމް ހަމަޖެއްސެވީ ކުރިން އެމަގާމުގައި ހުންނެވި އިބުރާހިމް އިމާދު އިސްތިއުފާ ދެވުމުންނެވެ.
ށ. ކަނޑިތީމަށް އުފަން ޔާސިމް ވަޒީފާއަށް ނިކުންނަށް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެނެވެ.