twitterviber whatsapp telegramfacebookyoutube instagram
12th April 2026

ރޯދައަށް ގެނައި ފިޔާ އަލުވި އަދި ބިސް ހޯރަފުށީ އެސްޓީއޯ ފިހާރައިން ވިއްކަން ފަށައިފި

May 18, 2016

މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރި އަލުވާއި ބިހާ ފިޔާ މިއަދު ހއ.ހޯރަފުށީގައި ހުންނަ އެސްޓީއޯގެ ފިހާރައިން ވިއްކަން ފަށައިފި އެވެ

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށް ގެނައި ފިޔާ އަލުވި އަދި ބިސް އެސްޓީއޯގެ ހޯރަފުށީ ފިހާރައިން ވިއްކަން ފަށާފައިވާ ކަމަށެވެ.

ފިޔާ ބަސްތާއެއް 160 ރުފިޔާއަށް ހުރި ފިޔާ ކިލޯ އެއް ހުރީ 8 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު 250 ރުފިޔާއަށް ހުރިއިރު އަލުވި ކިލޯއެއް ހުރީ 12ރުފިޔާ އަށެވެ. އަދި ބިސްކޭހެއްގެ އަގު އުޅެނީ 275 ރުފިޔާއަށެވެ. ވަކި ބިހެއް ހުރީ 1.50 ރުފިޔާއަށެވެ.

ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ބޭނުންވާ އެހެނިހެން ކާބޯތަކެތި ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރެ އެވެ.

ކުޅުދުއްފުށީ އެސްޓީއޯގެ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރަށް ރޭގެ ވަގުތެއްގައި ބިހާ ފިޔާ އަދި އަލުވި ގެނައިއިރު ދެ ދުވަހެއްގެ ތެރޭގައި އެތަކެތި ވިއްކަން ފެށޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355