twitterviber whatsapp telegramfacebookyoutube instagram
13th September 2025

ދިއްދޫ ބަނދަރުން ބިން ކުއްޔަށް ދޫކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީއަށް

May 18, 2016

ހއ ދިއްދޫ ބަނދަރުން ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދަނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށް ބުނެ އެމައްސަލަ ބަލައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ވިޔަފާރި އުސޫލުން ދިއްދޫ ބަނދަރުން ބީލަން އުސޫލުން ކުއްޔަށް ދޫކުރުމަށް ކައުންސިލުން އިއުލާން ކުރި 3 ބިންމަކީ އާރޯ 2، 3 އަދި އާރޯ 4 ނަމަކަށް ކިޔާ ބިންތަކެކެވެ.

ދިއްދޫ 3 ބިމެއް ކައުންސިލުން ކުއްޔަށް ދޫކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅާފައިވާކަން އެކޮމިޝަނުންވެސް ވަނީ “ކުޅުދުއްފުށި އޮންލައިނަށް” ކަށަވަރުކޮށްދެއްވާފައި އެވެ.

އެކޮމިޝަންގެ އިންފޮމޭޝަން އޮފިޝަލް ވިދާޅުވީ ދިއްދޫ ބަނދަރުން ބިން ކުއްޔަށް ދޫކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިންތައް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އެއް ދުވަހާއި އެއް ނަމްބަރެއްގައި ދެ އިއުލާން ކައުންސިލުން ކޮށްފައިވާއިރު ބިލަން ފޮތްތަކުގައި ވެސް މައްސަަލަ އުޅޭ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެވެ.

އެހެން ނަމަވެސް ފަހުން އެ ދެ އިއުލާން ވެސް ބާތިލުކޮށްފައިވާ ކަމަށް އެރަށުގެ ރައްޔިތަކު ބުންޏެވެ. މިކަމުގައި ކައުންސިލުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައި އެވެ.

ދިއްދޫ ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް އިއުލާން ކުރި 3 ބިން ވެސް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355