twitterviber whatsapp telegramfacebookyoutube instagram
14th August 2026

ފިޔާ، އަލުވި އަދި ބިސް ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ވިއްކަން ފަށައިފި

May 19, 2016

މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރި އަލުވާއި ބިހާ ފިޔާ މިއަދު ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުން ވިއްކަން ފަށައިފި އެވެ.މިތަކެތި ވިއްކަން ފެށީ މިއަދު މެންދުރު 1 ޖެހިއިރު އެވެ.

ފިޔާ ބަސްތާއެއް 160 ރުފިޔާއަށް ހުރިއިރު އަލުވި ބަސްތާއެއްގެ އަގު 250 ރުފިޔާއަށެވެ. އަދި ބިސްކޭހެއްގެ އަގު އުޅެނީ 275 ރުފިޔާއަށެވެ.

ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ބޭނުންވާ އެހެނިހެން ކާބޯތަކެތި ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރެ އެވެ.

ކުޅުދުއްފުށީ އެސްޓީއޯގެ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރުގައި މިތަކެތި ވިއްކަން މިއަދު ފަށާފައިވާއިރު ހޯމަ ދުވަހުން ފެށިގެން ހޯރަފުށީ އެސްޓީއޯ ފިހާރައިން މިތަކެތި ދަނީ ވިއްކަމުންނެވެ.

މިދިޔަ އަހަރާއި އަޅައި ބަލާއިރު މިތަކެތީގެ އަގު ވަނީ ވަރަށް ބޮޑުތަނުން ހެޔޮވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355