twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދޭތެރެއަށް ޔެލޯ އެލާޓް ނެރެފި

May 19, 2016

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައިި މޫސުން އިތުރަށް ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދޭތެރެއަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓުން މިއަދު ހަވީރު ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހަވީރު 6:00 އިން ފެށިގެން މިރޭ 10:00 އާއި ދޭތެރޭގެ ވަގުތުތަކުގައި ހއ. އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވެ އެވެ.

މިއަދު ހަވީރުން ފެށިގެން ކުޅުދުއްފުއްޓަށް ގުގުރުމާ އެކު ވާރޭ ވެހެމުންދާ އެބަ ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355