twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކިނބޫ ބިސްތަކެއް ކަމަށް ބެލެވޭ ބިސްތަކެއް ވައިކަރަދޫ ގޮނޑުދޮށުން ފެނިއްޖެ

May 19, 2016

ކިނބޫ ބިސްތަކެއް ކަމަށް ބެލެވޭ ބިސްތަކެއް ވައިކަރަދޫ ގޮނޑުދޮށުން ފެނިއްޖެ އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލު މެމްބަރު އަހުމަދު ނަސީމް ވިދާޅުވީ ހިމަ ދިގުކޮށް ހުރި މި ބިސްތައް ފެނިފައިވަނީ އެރަށު ކަނޑޫފަލާއި ދިމާ ގޮނޑުދޮށުން ދެފަސް ބެދުނު ހިސާބުން ފޫޓެއްހާ އަޑީގައި ވަޅުލާފައި ހުއްޓާކަމަށެވެ.

އެބިސް ވަޅުގަނޑުން ފަސް ބިސް ފެނިފައިވާއިރު ބިހެއް ދިގުމިނުގައި ގާގަނޑަކަށް 3 އިންޗި އާއި 4 އިންޗި އާއި ދެމެދު ހުންނާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި ބިހެއްގެ ތެރޭގައި 3 ނުވަތަ 4 ގޮބޮޅިގަނޑު ހުރިއިރު ބޮޑަށް ލަފާކުރެވެނީ ކިނބޫ ބިސްތަކެއް ކަމަށް ނަސީމް ވިދާޅުވި އެވެ.

ބިސްތައް ފެނުން ކުދިންނާ ހަވާލާ ދެއްވައި ނަސީމް ވިދާޅުވީ ބިސްތައް ވަޅުލައިފަ ހުރި ދިމާލުން މޫދަށް އެއްޗެއް ފައިބައިގެން ގޮސްފައިވާ ފިޔަވަޅު ހުރިކަމަށާއި އެފިޔަވަޅު އިންސާނެއް އަތްތިލައަށް ވުރެ ބޮޑުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355