ފިލްމު ވަފާތެރިކެހިވެރިޔާ މިމަހު 26 ގައި ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާގައި އަޅުވުމަށް ހަމަޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެމުން ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭފަރާތަކުން ބުނީ މިއަދުން ފެށިގެން ގްރީން ޓެކްސީ ސެންޓަރުން ފިލްމުގެ ޓިކެޓް ލިބެން ހުންނާނެ ކަމަށާއި ޓިކެޓެއްގެ އަގަކީ 100 ރުފިޔާ ކަމަށެވެ.
އޭގެ އިތުުރުން ފުރަތަމަ ޝޯ ފުލްވެ ދެވަނަ ޝޯ އަކަށް އެދިއްޖެނަމަ އިތުރު ޝޯއެއް ބާއްވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ދެކެދެކެވެސް ޕްރޮޑަކްޝަންގެ މި ފިލްމު މާލޭގައި ޕްރިމިއާކޮށްފައިވަނީ މި މަހު 10 ވަނަ ދުވަހު އެވެ. އަދި މި ފިލްމުގެ އިތުރު ޝޯ ތަކެއް މިހާރު ދަނީ ރާއްޖެތެރޭގައި އަޅުވަމުންނެވެ.