twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ތަފާތު މުދާ ވިއްކާ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

May 21, 2016

“ލިޔާ ފިހާރަ” ނަމުގައި ތަފާތު މުދާ ވިއްކާ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ކުޅުދުއްފުށީ ބަންޑާރަ މަގުގައި އިއްޔެ ހުޅުވި މި ފިހާރާގައި ހާރޑްވެއާރ ގެ އިތުރުން އިމާރަތް ކުރުމަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ތަކެތި އަދި ކާބޯތަކެތި ލިބެން ހުންނާނެ އެވެ.

ފިހާރަ ހިންގުމާއި ހަވާލުވެ ހުރި ފަރާތުން ބުނީ ގިނަ ވައްތަރުތަކުގެ ސާމާނު އަގު ހެޔޮކޮށް މި ފިހާރައިން ލިބެން ހުންނާނެ ކަމަށާ އަދި ރޯދަމަހަށް ހާއްސަކޮށް ބަދިގޭގެ ސާމާނު ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން މި ފިހާރައިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މުދާ ލިބޭނެ ކަމަށާއި ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ފިހާރައިގެ އެންމެ ބޮޑު އަމާޒަކީ ތަފާތު އައިޓަމް އެއްތަނަކުން މާލެއާއި އެއް އަގެއްގައި ފޯރުކޮށްދިނުން ކަމަށާއި އަދި ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

މިއީ މިންވަރު އިންވެންްސްމެންޓް ނަމަކަށްކިޔާ ސޯލް ޕްރޮޕައިޓާރޝިޕްގެ ދަށުން އަހުމަދު އިބްރާހިމް، ފަލަކް ކުޅުދުއްފުށީގައި ހިންގާ 3 ވަނަ ވިޔަފާރި އެވެ.

ކުޅުދުއްފުއްޓާއި މާލެ އާއި ދެމެދު ދަތުރުކުރާ ބާދުޝާހު ބޯޓާއި މިންވަރު 1 އަކީ މި ސޯލް ޕްރޮޕައިޓާރޝިޕްގެ ދަށުން ކުރިއަށް ގެންދާ ދެ ވިޔަފާރީ އެވެ.

މި ފިހާރަ ހިންގަމުން ދަނީ ކުރީގެ ނަފާ ޕުލަސް ހިންގި އިމާރާތް ކަމަށް ވާ ހާލި ގޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355