ކުޅުދުއްފުށި ޕެންޓަގުރާމް ފިހާރައިން ޕެސް ޓޯނަމެންޓް ނަމުގައި މުބާރާތެއް ފަށަނީ އެވެ.
މި ނޫހަށް މައުލޫމާތު ދެމުން މި މުބަރާތުގައި އިސްކޮށް އުޅޭ ފަރާތަކުން ވިދާޅުވީި މި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް މިހާރު ޕެންޓަގުރާމުން ލިބެން ހުންނާނެ ކަމަށާއި ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ 30 މެއި ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން ކަމަށެވެ. ފޯމް ބަލައިގަންނާނީ ޕެންޓަގްރަމް ފިހާރައިން ނެވެ.
ހުރިހާ އުމުރުފުރަޔަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫމް މަހު 8 ވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށް ދާނީ ޒޯން ސްޓޭޑިއަމްގަ އެވެ.
އެގޮތުން މި މުބާރާތުގައި 1 ވަނަ އަދި 2 ވަނަ ހޮވާއިރު 1 ވަނައަށް ދާ ބޭފުޅަކަށް 1500 ރުފިޔާ އަދި 2 ވަނަ އަށް ދާ ބޭފުޅަކަށް 500 ރުފިޔާގެ ފައިސާގެ އިނާމް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 1 ވަނަ އަދި 2 ވަނައަށް ހޮވޭ ބޭފުޅަކަށް 10 ޕަސެންޓްގެ ޑިސްކައުންޓް ކާޑެއް 1 އަހަރުގެ މުއްދަތަށް ދޭ ގޮތަށް ހަމަޖެހިފައި ވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ..
މި މުބާރަތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ހަނދާނީ ލިޔުމެއް ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.