twitterviber whatsapp telegramfacebookyoutube instagram
14th August 2026

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް

May 22, 2016

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކައުންސިލުން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީ ކުރިއަށްގެންދާ މި މަޝްރޫއާ ބެހޭ ގޮތުން ކައުންސިލު މެމްބަރު އިބުރާހިމް ރަޝީދު ވިދާޅުވީ ޓެންޑާކުރެވި އެމަސައްކަތް ކުރާނެ ކުންފުންޏެއް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެމަޝްރޫއު ރަސްމީކޮށް ހަވާލުކުރުމުގެ އެއްބަސްވުން ތައްޔާރުކުރެވެމުންދާ ކަމަށް މިނިސްޓްރީއާ ހަވާލާދީ އިބުރާހިމް ވިދާޅުވި އެވެ.

މިމަޝްރޫއު ކާމިޔާބުކޮށްފައިވަނީ އެސްޖޭ ކޮންސްޓަރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. ކުޅުުދުއްފުށިގައި ލޯކަލް މާރުކޭޓެއް އެޅުމަށް 3 މިލިއަނަށް ވުރެ ގިނަ ފައިސާ ބަޖެޓްގައި ހިމަނާފައިވެ އެވެ.

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް އެޅުމަށް އެދި 2015 ވަނަ އަހަރުވަނީ ކައުންސިލުން އެލްޖީއޭގައި އެދިފަ އެެވެ.

މިހާރުވެސް ކޮންމެ ހޮނިހިރު ދުވަހަކު އުތުރުގެ 3 އަތޮޅުގެ ދަނޑުތަކުގައި ހައްދާ ގިނަ ބާވަތަކެއްގެ ތަރުކާރީ އާއި މޭވާ ކުޅުދުއްފުށިގައި ބާޒާރުގައި ވިއްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355