މިނިވަން 50 ފުޓްބޯޅަ މުބާރާތް މި އަހަރު ވެސް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލަައިފިއެވެ.
ގައުމީ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނުވަަނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި 21 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ހިމަނަން ޖެހޭނަ ކަމަށެވެ.
މިނިވަން 50 ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން އަތޮޅުތެރޭގަ އެވެ. އެއަށްފަހު ޒޯން ޗެމްޕިއަން ޓީމުތައް ދެ ގްރޫޕަކަށް ބަލާހައިގެން ކުޅުނީ އައްޑު އާއި ކުޅުދުއްފުށީގަ އެވެ.
މި މުބާރާތުގެ ޗެމްޕިއަނުންނަށް ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.