twitterviber whatsapp telegramfacebookyoutube instagram
13th September 2025

ދަނޑުވެރިކަން ކުރުމަށް ހޯރަފުށިން ބިން ދޫކުރަނީ

May 24, 2016

ހޯރަފުށީގައި ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން 2 ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ

ކުރިން ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅަފައި ނުވާތީ އެ އިއުލާނު ބާތިލްކޮށް އަނެއްކާވެސް ދަނޑުވެރިކަން ކުރުމަށް ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއަށް ހޯރަފުށީގައި ދޫކޮށްފައިވާ ބިމާއި އިންވެގެން އުތުރުން އޮތް 28000 އަކަފޫޓްގެ ބިން ހަމަ އެކަނި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް 15 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ކައުންސިލް އިދާރާއިން ނެރުނު އިއުލާނުގައި ވާ ގޮތުން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ހޯރަފުށީގައި ބިން ހޯދުމަށް 26 މެއި 11:00 އަށް ޕްރޮޕޯޒަލް ހުށަހަޅާ ފޯމު ދޫކުރުމާއި މިކަމާ ބެހޭ މައުލޫމާތު ދިނުން ހޯރަފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެ އެވެ.

އަދި ބިން ދޫކުރެވޭނީ މި ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރަށުކައުންސިލާއި ރަށުގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ހުށަހެޅުމަށް ހުށަހަޅައިގެން ޕްރޮޕޯޒަލް ކާމިޔާބުކުރާ ފަރާތްތަކަށްކަމަށް ވެސް އިއުލާނުގައި ވެއެވެ.

މައުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހުޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަން ވާނެކަމަށްވެސް އިއުލާނުގައި ވެއެވެ. އަންދާސީ ހިސާބު ހުަށައެޅުމަށް ހަމަޖެހިފައިވަނީ 2 ޖޫން ވާ ބުރާސްފަތި ދުވަހު 11:00 އަށެވެ. .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355