ފުރާޅުން ޓިނު ނަގައިގެން ވަދެ ކުޅުދުއްފުށީ ރިއަލް ޕޮއިންޓް ފިހާރައިން ރޭގަ ވައްކަން ކޮށްފި އެވެ.
ރިއަލް ޕޮއިންޓްގެ ފަރާތުން ވާހަކަދައްކަމުން ޖަލީލް ބުނީ ފިހާރައިން ވައްކަން ކޮށްފައިވަނީ ފުރާޅުން ޓިނުގައިގެން ވަދެ ކަމަށާއި ވަގަށް ގެންގޮސްފައިވަނީ ފައިސާ ކަމަށެވެ.
އެއްވެސް މުދަލެއް ގެއްލިފައިވާ ކަން އަދި ފާހަގަ ނުކުރެވޭ ކަމަށް ޖަލީލް ވިދާޅުވި އެވެ. ޖަލީލް ވިދާޅުވީ ވަގަށް ގެންގޮސްފައިވަނީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.
އޭނާ ބުނީ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މިހާރު އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.