twitterviber whatsapp telegramfacebookyoutube instagram
12th April 2026

ނޮޅިވަރަމްފަރު އަދި ފޯކައިދޫގެ ފެނުގެ ނިޒާމް ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ

May 25, 2016

ހދ ނޮޅިވަަރަމްފަރު އަދި ށ ފޯކައިދޫގައި ގާއިމުކުރާ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތްކޮށް އަމަލީ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ

މި ދެރަށުގެ އިތުރުން ރ.މަޑުއްވަރީ އަދި ބ.ދަރަވަންދޫ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތްކޮށް އަމަލީ މަސައްކަތް ސްޕަރވައިޒްކުރާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ މި އިއުލާނުގައި ވެއެވެ.

އޭގެ އިތުރުން މި އިއުލާނުގައި ވަނީ މި ހަތަރު ރަށުގެ ި ފެނުގެ ނިޒާމެއް ގާއިމުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ފައިސާ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާކަމަށެެވެ.

މި މަސައްކަތް ނިންމުމަށް 18 މަސްދުވަހުގެ މުއްދަތެއް ދީފައި ވާއިރު ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ޕްރެލިމިނަރީ ޑިޒައިން ހެދުން، ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން، އިވެލުއޭޓް ކުރުން، ކޮންޓްރެކްޓް ނެގޯޝިއޭޓް ކުރުން، ކޮންޓްރެކްޓް މެނޭޖްމަންޓާއި، ކޮންޓްރެކްޓް އެގްރީމަންޓް ތައްޔާރުކުރުން އަދި މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ޑިޒައިންގެ މަސައްކަތް ކުރުމާއެކު އަމަލީ މަސައްކަތް ސްޕަރވައިޒްކުރުން ވެސް ހިމެނޭ ކަމަށްވެސް މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355