2010 ވަނަ ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އިމާރާތްކުރާ ކުރަން ފެށި މަސްޖިދިލް ފިރުދަސްގެ މަސައްކަތް ނުނިންމޭ ނަަމަ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްދެއްވުމަށް މިނިސްޓަރު ޒިޔާދު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އެކަމަށް އެދިވަޑައިގަތީ ހދ އަތޮޅު ކައުންސިލުން މިމަހު މާލެއަށް ކުރި ދަތުރުގައި މިނިސްޓްރީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގެ ތެރޭގައި ކަމަށް ހދ އަތޮޅުން ކައުންސިލުން މިއަދު ނެރުނު “މާލޭ ދަތުރުގެ ހުލާސާ ރިޕޯޓް” ބުނެފައިވެ އެވެ.
އެބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގެ އަޅައި މިސްކިތް ނުނިމި ލަސްވަމުންދާތީ އެކަމުގައި ޝަކުވާ އާއްމުންގެ ފަރާތުން އެކައުންސިލަށް ލިބޭކަން މިނިސްޓަރުގެ ހަރިހުގައި ދެންނެވެވުމުން މިސްކިތް ހަދައި ފަރާތަށް މިސްކިތް ނުނިންމޭ ނަމަ އެމިނިސްޓްރީއާ ހަވާލުކޮށްދެއްވުމަށް އެފަރާތުގައި ދެންނެވުމަށް މިނިސްޓަރު އެދިއްލެވި ކަމަށެވެ.
މިކަމާ ގުޅިގެން ހދ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ވިދާޅުވީ މިސްކިތް ނުނިންމޭ ނަމަ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްދެއްވުމަށް މިސްކިތް އިމާރާތްކުރާ ފަރާތުގައި ދަންނަވައިދިނުމަށް އެދިއްލެވި ކަމަށާއި އޭރުން މިސްކިތްގެ ނުނިމި ހުރި ބައިތައް މިނިސްޓްރީ ނިންމާދޭނެ ކަމަށް މިނިސްޓަރު ޒިޔާދު ބާގިރުއާ ހާވާލާދީ އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ އެކަމުގައި ރަށު ކައުންސިލުގެ ރައީސާ ވާހަކަ ދައްކަވާފައިވާނޭ ކަމަށާއި އަދި އެކަމަށް އެދި ލިޔުމެއް މިނިސްޓްރީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ލިޔުން ލިބުނުހާ އަވަހަކަށް ރަށު ކައުންސިލުން މެދުވެރިކޮށް މިސްކިތް އިމާރާތްކުރާ ފަރާތަށް އެވާހަކަ ދަންނަވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މަސްޖިދިލް ފިރުދައުސް އިމާރާތްކުރަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރެވެ.