އުތުރާއި މެދު ރާއްޖެތެރެއަށް ބޯކޮށްވާރޭވެހި ކަނޑުގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު 10:00 މާދަމާ ހެނދުނު 10:00 އަަކަށް މޫސުން ލަފާކޮށްފައިވާ ގޮތުން އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކުރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެބާރުމިނުގައި އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.