twitterviber whatsapp telegramfacebookyoutube instagram
6th November 2025

ޖުލައި މަހު އޮންނަ ޖޮބް ފެއާރ ނުބާއްވާގޮތަށް ނިންމައިފި

May 29, 2016

އަންނަ ޖުލައި މަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޮބް ފެއާރ ނުބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ޔޫތް މިނިސްޓްރީގެ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރގެ ފަރާތުން ޖުލައި 17 ން 23އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެއްސި ޖޮބް ފެއަރ ނުބާއްވާ ގޮތަށް ނިންމާފައިވާކަން ޔޫތް މިނިސްޓްރީން ހދ.އަތޮޅު ކައުންސިލަށް މިއަދު ވަނީ އަންގާފަ އެވެ.

ކެރިއަރ ވީކްގެ ނަމުގައި ޒުވާނުން ވާޒީފާގެ މާހައުލަށް އަހުލުވެރިކުރުމަށް ހިންގުމަށް ރޭވި ޕްރޮގްރާމްތަކާއި، ޖޮބް ފެއަރ ނުބާއްވަން އެ މިނިސްޓްރީން ނިންމީ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރގެ ޓީމެއް މި މެއިމަހުގެ 4 ން 6 އަށް ހދ.ކުޅުދުއްފުށީ، ހަނިމާދޫ، ކުމުންދޫ، މަކުނުދޫ އަދި ނޭކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށް ރަށުގެ ކައުންސިލްތަކާއި، ސެކަންޑަރީ ސްކޫލްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ވިޔަފާރިވެރިން އަދި ކްލަބް ޖަމިއްޔާތަކާ ބައްދަލުކުރައްވާ ލިބިވަޑައިގެންނެވި މައުލޫމާތުގެ މައްޗަށް ބިނާކުރައްވާއެވެ.

އެގޮތުން އަތޮޅުގައި ވަޒީފާގެ ފުރުސަތުނެތުމާއެކު މިވަގުތަށް މުހިންމީ މިކަހަލަ އިވެންޓެއް ނޫންކަމަށާއި އިވެންޓް ބޭއްވިނަމަވެސް އެހާ ކާމިޔާބު ނުވާނެކަމަށް އެފަރާތްތަކުން ވިދާޅުވެފައި ވާތީ ކަމަށެވެ.

ކުޅުދުއްފުށީގައި އެންމެފަހުން ޖޮބް ފެއަރއެއް ބާއްވާފައިވަނީ 2004 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355