twitterviber whatsapp telegramfacebookyoutube instagram
6th November 2025

ހޯރަފުށީ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ އަޅައިފި

May 31, 2016

ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

ހޯރަފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކީ ޑިވިޜަން ލެވަލްގައި ގާއިމު ކުރާ ސްޓޭޝަނެއް ކަމަށާއި އެ ސްޓޭޝަން އިމާރާތް ކުރެވޭނީ ޒަމާނީ ފެންވަރަކަށް ޒަމާނީ ވަސީލަތްތަކާ އެކު ކަމުގައި ކަމަށް ސީޕީ އަރީފް ވަނީ ކުރިން ވިދާޅުވެފަ އެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަންގައި ހިމެނޭ އެކަމަޑޭޝަން އިމާރާތުގައި އެކަމަޑޭޝަންގެ އިތުރުން ބަދިގެއަކާއި މެސްރޫމާއި ސްޓޯރޭޖް ރޫމަކާއި ލޯންޑްރީ ރޫމަކާއި ރެކްރިއޭޝަން ރޫމަކާއި ނަމާދުކުރާނެ ކޮޓަރިއެއް ހުންނާނެ އެވެ. އަދި އޮފީސް އިމާރާތުގައި އެޑްމިނިސްޓްރޭޝަނާއި އިންވިއު ރޫމްތަކާއި ރިސެޕްޝަނާއި މީޓިންގް ރޫމަކާއި ކުލާސް ރޫމަކާއި އިންޗާޖް އޮފީހަކާއި އޮޕަރޭޝަން ރޫމެއް ވެސް ހިމެނެ އެވެ.

މިއަދު ބިންގާ އެޅި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ހަވާލުކޮސްފައިވާއިރު އެއިމާރާތުގެ މަސައްކަތް  އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަ ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355