ކުޅުދުއްފުށީ ހުންނަ ޒޯން ސްޓޭޑިއަމަށް ވެހިކަލް ނުވަދެވޭނެ ހެން މައި ދޮރުގައި ގޭޓެއް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވެހިކަލް ނުވަދެވޭނެ ހެން ގޭޓް ހަރުކުރަނީ ސްޓޭޑިއަމްގެ މައި ދޮރުގަ އެވެ.
ސްޓޭޑިއަމާ ހަވާލުވެރި ހުރި އާދަމް މުހައްމަދު ވިދާޅުވީ ވެހިކަލް ސްޓޭޑިއަމްއަށް ނުވަދެވޭނެ ގޮތް ހަދަން ޖެހުނީ ބައެއް ފަރާތަކުން ކުޅިވަރު ކޯޓްތަކުގައި އާއި ޓްރެކްގައި ސައިކަލްގައި ވަދެގެން ދުއްވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅިވަރު ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ވެސް ސިޑިބަރީގެ ކުރިމަތިނާއި ކޯޓްތަކުގެ ކައިރީން ސައިކަލް ދުއްވާ ކަމަށާއި އެކަމުގެ ސަބަބުން ކުޅިވަރު ކުޅޭ ފަރާތަކަށާއި ބަލަން ވަންނަ ފަރާތްތަކަށް އުނދަގޫވާ ކަމަށެވެ.
އާދަމް ވިދާޅުވީ ގޭޓް ހަރުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.