twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަތީ ސާނަވީ ގަދަ 10 ގައި ޖަލާލުއްދީން ސްކޫލުގެ 3 ދަރިވަރަކު

Jun 1, 2016

2015 އަހަރުގެ މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެތެރޭގައި  ޖަލާލުއްދީން ސްކޫލްގެ 3 ދަރިވަރަކު ހިމެނިއްޖެއެވެ.

ގަދަ ދިހައަކުން ޖާގަ  3 ދަރިވަރުންނަކީ 1 އޭ ސްޓަރ އަދި 5 އޭ ހޯދައިގެން 1 ވަނަ ހޯދި  ށ ފޯކައިދޫ ނިޔާމަ، އައިޝަތު ލީނާޒް އާއި  4 އޭ އަދި 1 ބީ ހޯދައިގެން 2 ވަނަ ހޯދީ ރ. ފައިނު، ޕެރިސްގެ، އަރީސާ މޫސާ އަދި 2 އޭ އާއި 1 ބީ އަދި 2 ސީ ހޯދައިގެން 10 ވަނަ ހޯދި ކުޅުދުއްފުށީ ، އޮއިވަރު، ޝަހީދާ އިބްރާހީމް އެވެ .

ގަދަ 10އަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް މިދިޔަ ބުދަ ދުވަހުރޭގެ ބޭއްވި ރަސްމިއްޔާތިގައި ޖުމްލަ 20 ސްކޫލަކުން 228 ދަރިވަރުން ވަނީ އެވޯޑް ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 142 އަންހެން ދަރިވަރުންނާއި 86 ފިރިހެން ދަރިވަރުންނެވެ.

މިއީ 2014 ވަނައަހަރު މަތީ ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ގަދަ 10 އަށް ހޮވުނު ކުދިންނަށް ވުރެ 77 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ކެވެ.

ގަދަ 10 ހިމެނުން ދަރިވަރުންނަށް އިނާމް އަދި ހަނދާނީ ލިޔުން ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ ހޯދި ކުރި ދަރިވަރުިންނަށް އިނާމާއި، ހަނދާނީ ލިޔުމުގެ އިތުރުން ސްކޮލަޝިޕް ހަވާލްކޮށްދެއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއެވެ.

ކޮންމެ އަހަރަކުވެސް މަތީ ސާނަވީ  އިމްތިހާނުގައި ގަދަ ދިހައަކުން ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން އަންނަނީ ޖާގަ ހޯދަމުންނެވެ. އަދި ސާނަވީ އިމްތިހާނުގައި ޖަލާލުއްދީންގެ އިތުރުން އަފީފުއްދީން ސްކޫލުގެ ދަރިވަރުންވެސް އަންނަނީ ޖާގަ ހޯދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355