twitterviber whatsapp telegramfacebookyoutube instagram
15th February 2026

އުތުރުގެ ފެރީ ނިޒާމާއި އެމްޓީސީސީ އިން ހަވާލުވަނީ

Jun 2, 2016

ހއ ހދ އަދި ށ އަތޮޅުގެ އާއްމު ފެރީ ދަތުރުތައް ދިނުމަށް އެމްޓީސީސީ އިން ހަވާލުވުމަށް ތައްޔާރީތައް ވާން ފަށައިފި އެވެ. އެންމެ އުތުރު 3 އަތޮޅު ފިޔަވާ ނ.ރ.ބ އަދި ޅ އަތޮޅުގައި ވެސް ސަރުކާރުން ދެމުންއަންނަ ފެރީގެ ހިދުމަތް އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފަ އެވެ.

އަދި މި އަތޮޅުތަކުގައި ފެރީގެ ހިދުމަތް ދިނުމުގެ ގޮތުން 19 ފެރީއެއް ކުއްޔަށް ހޯދުމަށް އެމްޓީސީސީ ވަނީ އިއުލާން ކޮށްފަ އެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޒޯން އެކެއް ކަމަށްވާ (ހއ. ހދ. އަދި ށ)ގައި ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ނުވަ ދޯންޏަކާއި ޒޯން ދޭއް ކަމަށް ވާ (ނ. ރ. ބ. އަދި ޅ)ގައި ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ހަތް ދޯންޏާއި ޒޯން ހައެއް ކަމަށްވާ ހުވަދު އަތޮޅުގައި ފެރީ ކުރުމަށް ބޭނުންވާ ތިން ދޯނި ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޖޫން 05 ވަނަ ދުވަހުގެ 13:00 އަށް އެމްޓީސީސީ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ޖޫން 12 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355