twitterviber whatsapp telegramfacebookyoutube instagram
27th April 2024

މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ އޮފީހުން ވައްކަންކުރި މީހަކު 9 ޖަލަށްލުމަށް ހުކުމްކޮށްފި

Jun 2, 2016

މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ އޮފީހުން ވައްކަންކުރި މީހަކު 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ފާއިތުވި މެއި މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ސީސަންވިލާ، އަލީ މުހައްމަދު (23އ) ގެ މައްޗަށެވެ.

ދައުލަތުން ޢަލީ މުޙައްމަދުގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޢަލީ މުޙައްމަދު 2012 ފެބްރުއަރީ 06 ވަނަ ދުވަހު މޯލްޑިވްސް އެނާޖީ އޮތޯރިޓީ އޮފީހުގެ ފިލާގަނޑެއް ނައްޓައިގެންވަދެ އޭސަރ ބްރޭންޑްގެ ލެޕްޓޮޕަކާއި އޭގެ އެޑަޕްޓަރާއި ވާގަނޑުގެ އިތުރުން އެންއީސީ ބްރޭންޑްގެ ލެޕްޓޮޕަކާއި އޭގެ އެޑަޕްޓަރާއި ވާގަނޑު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ ވަގަށް ނަގާފައިވާ ތަކެތީގެ ޖުމްލަ އަގު 32754 ދިވެހި ރުފިޔާއަށް އަރައެވެ.

ދައުލަތުން އަލީ މުހައްމަދުގެ މައްޗަށް ކުޅަ ދައުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، އެކަމަކީ އަލީ މުހައްމަދު ކުރިކަމެއްކަމަށްބުނެ މި ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އަލީ މުހައްމަދު އިއުތިރާފު ވެފައިވާކަމަށެވެ.

އެހެންކަމުން، ވެފައިވާ އިއުތިރާފުން ޢަލީ މުޙައްމަދުގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވާތީ، ވައްކަންކުރުމުގެ ކުށުން އަލީ މުޙައްމަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން އަލީ މުހައްމަދު 9 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށްވެސް ކޯޓުގެ ގަޒިއްޔާގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355