މި ނިމުނު މަހު މޯލަޑިވް ގޭހުން ވަނީ ކައްކާ ގޭސް ފުޅީގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން އެންމެ އާއްމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސް ފުޅިއެއް އަގު ވަނީ 200 ރުފިޔާ ތިރިކޮށްފަ އެވެ. މި ގެނައި ބަދަލާއި އެކު ގިނަ ބައެއްގެ ތިބީ ހިތްހަމަ ޖެހިފަ އެވެ. އަދި އަގަށް މި އައި ހެޔޮ ބަދަލާ އެކު އަތޮޅުތަކުގައި ދިރި އުޅޭ ރައްޔިތުން ތިބީ ގޭހުގެ އަގަށް ބަދަލު އަންނާނެ ކަމަށް ޔަގީންކޮށްގެންނެވެ.އަދި ގޭހުގެ އަގު ހެޔޮ ކުރި ދުވަހު މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވި ވާހަކައިން އަތޮޅު ތެރޭގައި ވެސް ގޭހުގެ އަގު ހެޔޮ ވާނޭ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރި އެވެ.
އެހެން ނަމަވެސް އަތޮޅުތަކުގައި ގޭހުގެ އަގަކަށް ބަދަލެއް ނަ އެވެ. ހއ، ހދ، ށ އަތޮޅުގައި 10 ކިލޯގެ ގޭސްފުޅިއެއް ލިބެން ހުރީ 290 ރުފިޔާއާ 280 ރުފިޔާއާ ދެމެދުގެ އަގެއް ގައި އެވެ. ސަރަހައްދުގައި މައިގަނޑުކޮށް ގޭސް ވިއްކާ ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިންވެސް 10 ކިލޯގެ ގޭސް ފުޅިއަކުން ކަނޑާލީ އެންމެ 15 ރުފިޔާއެެވެ. އެސްޓީއޯ ކުޅުދުއްފުށިގައި ފިހާރައިން ގޭސްފުޅިއެއް ހުރީ 265 ރުފިޔާއަށެވެ.
މޯލްޑިވް ގޭހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯލްޑިވްސް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ މައުމޫން ވިދާޅުވީ 210 ރުފިޔާއަށް ވިއްކަމުން އައި 10 ކިލޯގެ ގޭސްފުޅިއެއް ވިއްކާނީ 200 ރުފިޔާއަށް ކަމަށެވެ.އަދި އަތޮޅުތެރެއަށް ގޭސް ސަޕްލައިކޮށްދޭ ފަރާތްތަކުންވެސް ގޭސް ވިއްކަނީ މިއަގުގައި ތޯ ޗެކު ކުރަމުންދާނެ ކަމަށެވެ.މޯލްޑިވް ގޭހުން އަތޮޅުތެރޭގައި ގޭސް ވިއްކަނީ މާލޭ ސަރަހައްދުގައި ގޭސްފުޅިއެއް ވިއްކާ އަގަށް ތޯ ބަލާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ބަލަމުން ނުދާކަން ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.
މޯލްޑިވް ގޭސް އިން ދެފަހަރު މަތިން އަގުހެޔޮކޮށްފަ ވާއިރު އެ ބަދަލު އަތޮޅުތަކަކުން ނުފެނެއެވެ.