twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ކެމްޕަހުގައި 3 ބުރީގެ ކްލާސް ރޫމް ބްލޮކަކާއި އޮޑިޓޯރިއަމެއް އަޅަނީ

Jun 5, 2016

ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި 3 ބުރީގެ ކްލާސް ރޫމް ބްލޮކަކާއި، އޮޑިޓޯރިއަމެއް އެޅުމަށް އެސް.ޖޭ ކޮންޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގައި އޮތް  ރަސްމިއްޔާތެއްގައި އެމްއެންޔޫ ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް އަދި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފާރާތުން  ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާޙީމް ޝިހާދުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ފަވާޒް ޝަރީފް ވިދާޅުވީ ގޮތުގައި ކުޅުދުއްފުށީ ކެމްޕަހުގައި އަލަށް އިމާރާތްކުރެވޭ ކްލާސްރޫމްތަކުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި  އެއާއެކު އުތުރުގެ އެސަރަހައްދުން ލިބޭ ޑިމާންޑާއި އެއްވަރަށް އާ ކޯސްތަކެއްވެސް ކުޅުދުއްފުށީގައި ފެށިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކްލާސް ރޫމް އިމާރާތުގައި ކެންޓީނަކާއި ލެބޯޓްރީއެއްގެ އިތުރުން ޕްރިޕަރޭޝަން ރޫމެއް ހިމެނެގޮތަށް އިމާރާތް ކުރާ މި ދެ އިމާރާތަކީ 198.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިމާރާތެކެވެ. މި ދެއިމާރާތުގެ މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

500 އެއްހާ ކުދިން ކުޅުދުއްފުށީ ކެމްޕަހުގައި ކޯސްތައް ފުރިހަމަ ކުރަމުން ދާއިރު ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ކްލާސްތައް ނަގަމުންދަނީ ކެމްޕަހުން ބޭރުން ސަރުކާރުގެ ސްކޫލްތަކާއި އެހެނިހެން މުވައްސަސާތަކުގެ އިމާރާތްތަކުގައިކަމަށް ޔުނިވަރސިޓީން ބުނެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355