twitterviber whatsapp telegramfacebookyoutube instagram
13th September 2025

ރޯދަމަހު ދުވާލު ކާންތިބި ތިން މީހަކު ހައްޔަރުކޮށްފި

Jun 7, 2016

ރޯދަމަހު ދުވާލުގެ ވަގުތު ކާންތިބި ތިން މީހަކު ގއ. ގެމަނަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް  މައްސަލަ ތަހްގީގްކުރަން  ފަށައިފިއެވެ.

ފުލުހުން ބުނީ އިއްޔެ  ގއ.ގެމަނަފުށި އިރުދެކުނުފަރާތު  އަތިރިމަތީގައި ރޯދަމަހު ދުވާލު ރޯދަ ނުހިފައި  ކާންތިބި ކަމުގެ މައުލޫމާތު ލިބިގެން، ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެސަރަހައްދަށް ގޮސް ކުށުގެ ވެށިން ތިން ދިވެހި  ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 18 އަހަރުގެ ފިރިހެނެކެވެ.

މި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދެއްވާފައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯރޑް އޮންނަ ދެމީހުންނެވެ.

މިމައްސަލަ ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355