ބަރާބަރު ފިހާރައިން ސޯލާ ޕެނަލް ހަރުކުރުމުގެ ހިދުމަތް ކުޅުދުއްފުށީގައި ފަށައިފި އެވެ.
އެ ހިދުމަތް “ބަރާބަރުން” ފޯރުކޮށްދެނީ ލިންކް ސާވްއާ ގުޅިގެންނެވެ. ހިދުމަތަށް އެދޭތާ ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ހިދުމަތް ލިބެން ފަށާނެކަމަށް ބަރާބަރުން މައުލޫމާތުދިނެވެ.
“މިހާރުވެސް ކުޅުދުއްފުށީގެ ގެއެއްގައި މި ސިސްޓަމް އަޅުގަނޑުމެން ވާނީ ހަރުކޮށްދީފައި. އިތުރު ގެއެއްގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން.” ބަރާބަރުގެ މާކެޓިންގ އެކްޒެޓިވް ޝިފާނާ އަލީ މައުލޫމާތު ދިނެވެ.
45,000-50,000”ރ ގެ އަދަދެއް މި ހޭދަކުރަން ޖެހެނީ 1.5 ކިލޯވޮޓްގެ ސިސްޓަމެއް ހަރުކުރަން. 1.5 ކިލޯވޮޓްގެ ސިސްޓަމްއެއްގައި މި ހިމެނެނީ 8 ސޯލާ ޕެނަލް.” ޝިފާނާ އިތުރަށް ހާމަކުރިއެވެ.
މި ިސިސްޓަމް ކުޅުދުއްފުށީ ގެެއެއްގައި ހަރުކުރަނީ
މި ސިސްޓަމް އަކީ އެރަށެއްގައި ފެނަކައިން އަޅާފައިވާ ކަރަންޓް ވިއުގައާ ގުޅާލެވިފައިވާ ސިސްޓަމެކެވެ. އެހެންކަމުން ކަރަންޓް ބެލެންސް ކުރުމަށް އެހީތެރިވެދޭނެ އެވެ. އެގޮތުން ފެނަކައިން އަޅާފައިވާ ކަރަންޓް ސިސްޓަމް އިން ބޭނުންކުރާނީ ސޯލާ ޕެނަލް އިން އުފައްދާ ކަރަންޓުން ނުފުދިއްޖެ ހާލަތެއްގަ އެވެ.
“އަޅުގަނޑުމެން މިހާރު ބަރާބަރުގައި މި ސިސްޓަމް ބޭނުންކުރަމުން މިދަނީ. އެންމެ ފަހުން މަހު ކަރަންޓް ބިލުން ގާތްގަނޑަކަށް 30% ކެނޑުން. އަވިދޭ މިންވަރަކުން ހަކަތަ އުފެއްދޭ މިންވަރަށް އެބަ ބަދަލު އާދޭ.” ޝިފާނާ މައުލޫމާތު ދިނެވެ.
މި ސިސްޓަމުން ކަރަންޓް އުފައްދަމުންދާ މިންވަރު އިންޓަނެޓް މެދުވެރިކޮށް ޗެކް ކޮށްލެވެން ހުރެ އެވެ. އެގޮތުން ސްމާޓް ފޯނު މެދުވެރިކޮށްވެސް ޗެކް ކޮށްލެވެން ހުރެ އެވެ.
މި ސިސްޓަމް ގެއެއްގައި ހަރުކުރަނީ
މި ހިދުމަތް ބަރާބަރުން ހޯދާ ފަރާތްތަކަށް 10 އަހަރުގެ ވޮރަންޓީއެއް ލިބިގެންދާނެ އެވެ.
“އިއާދަކުރުވަނި ހަކަތައިން ކަރަންޓް އުފެއްދުމަށް މަގުފަހި ކޮށްދީ، ތިމާވެއްޓާ ރައްޓެހި މާހައުލެއް ބިނާކުރުމުގެ މަޤްސަދުގައި އަޅުގަނޑުމެން ފެށި ކަމެއް މިއީ. އަޅުގަނޑުމެންގެ ފަރާތުން މި ހިދުމަތް ނަގާ ފަރާތްތަކަށް 10 އަހަރު ދުވަހުގެ ވޮރަންޓީއެއް ލިބޭނެ.” ޝިފާނާ މައުލޫމާތު ދިނެވެ.
ކުޅުދުއްފުއްޓަކީ ސަރުކާރުން ކަރަންޓް ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރި އެއް ރަށެވެ.