twitterviber whatsapp telegramfacebookyoutube instagram
13th September 2025

ޕޮލިސް ޑެސްކު ގާއިމްކޮށް އުތުރުގެ 4 ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި

Jun 8, 2016

ހދ އަދި ހއ އަތޮޅުގެ 4ރަށެއްގައި ޕޮލިހުންގެ ހިދުމަތް ދޭން ފަށައިފި އެވެ. ފޮލިސް ޑެސްކް ގާއިމްކޮށް ހިދުމަތް ދޭން ފަށާފައިވަނީ ހއ އުލިގަމު، އުތީމް އަދި ހދ ނޮޅިވަރަމާއި ވައިކަރަދޫގަ އެވެ.

އިއްޔެ ހދ އަތޮޅުގެ ދެރަށުގައިވެސް ޕޮލިސް ޑެސްކްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ  އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީއެވެ.

ހއ ދެ ރަށުގެ ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވީ ހއ އަތޮޅު ޕޮލިސް ކޮމާންޑަރ ޗީފް ސްޓެޝަން މުހައްމަދު އަބުދުﷲ އެވެ.

މިޑެސްކްތަކުގެ ހިދުމަތް ފެށުމަށް އެރަށްރަށުގެ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުން އަދި މިސަރަހައްދުގެ އަތޮޅު ޕޮލިސް ކޮމާންޑަރު ބައިވެރިވެވަޑައިގަތެވެ. މިއީ ކޮންމެ ޑެސްކެއްގައި ތިއްބަވާނީ 2 ފުލުހެކެވެ.

މިއީ ހދ އަދި ހއ އަތޮޅުގައި ފުރަތަމަ ފަހަރަށް ޕޮލިސް ޑެސްކް ގާއިމްކޮށް ފުލުހުންގެ ހިދުމަތް ދޭން ފެށި 4ރަށްކަން ފާހަގަކޮށްލެއްވެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355