twitterviber whatsapp telegramfacebookyoutube instagram
19th May 2025

ކުކުޅު އަލާކޮށްގެން ފަގީރުކަން ނައްޓާލެވިދާނެ: ބިލް ގޭޓްސް

Jun 9, 2016

އާއްމުކޮށް ބިލް ގޭޓްސް އަހަރެމެން ދަންނަނީ މައިކްރޯސޮފްޓްގެ ބާނީ ނުވަތަ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައެވެ. ނަމަވެސް ބިލް ގޭޓްސްއަކީ މީހުންނަށް އަޅާލުމުގައިވެސް ލާމަސީލު މިސާލެކެވެ. ބިލް ގޭޓްސް ވިސްނާ ގޮތުގައި ފަގީރުކަން ނައްތާލަން ކުކުޅު ބޭނުންކުރެވިދާނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ފަގީރުންނަށް އެހީވުމަށް މަޝްރޫއުތައް ހިންގައި ބިލް ގޭޓްސްގެ ފައުންޑޭޝަންއިން ވަނީ ހީފާ އިންޓަނޭޝަނަލް ފައުންޑޭޝަން އާއެކު ޕާޓްނާޝިޕް ވެގެން ކުކުޅު ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ. ބިލްގޭޓްސްގެ ޗެރިޓީގެ އަމާޒަކީ ކުކުޅު އެއްޗެހި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަގީރުންނަށް ހަދިޔާ ކުރުމެވެ.

ގޭޓްސް ބުނާ ގޮތުގައި އެންމެ ފުރަތަމަ ހަދިޔާ ކުރާނީ 100،000 ކުކުޅެވެ. ކުކުޅު ގެންގުޅޭ އާއިލާ ތަކުން އާލާކޮށް ވިއްކައިގެން ބޭނުންވާ ލާރި ހޯދޭނެ އެވެ. އަދި ކުކުޅަކީ ގެންގުޅެން ފަސޭހަ އެއްޗެއް ކަމުން ކުކުޅު އާލާ ކުރަން އުނދަގުލެއް ނުވާނެ އެވެ.

ވެސްޓް އެފްރިކާގައި ބިލް ގޭޓްސް ކުރި ދިރާސާ އަކުން ދައްކާގޮތުގައި 3 މަސް ދުވަހުގެ ތެރޭގައި 10 ކުކުޅު ގެންގުޅޭ މީހަކަށް 40 ފިޔޮށް ވިއްސިދާނެއެވެ. އަދި 5 ޑޮލަރަށް ކުކުޅެއް ވިއްކާނަމަވެސް 1000 ޑޮލަރު އަހަރެއްގެ މައްޗަށް ހޯދޭނެއެވެ. ފަގީރެއްގެ ގޮތުގައި ބަލަނީ އަހަރަކު 700 ޑޮލަރު ނުލިބޭ މީހުންނެވެ.

ގޭޓްސް ފައުންޑޭޝަންގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ އޮފް އެގްރިކަލްޗާރ ޑެވެލޮޕްމެންޓް ޑޮނަލްޑް ރޫމާ ބުނާ ގޮތުން ކުކުޅު ގެންގުޅުމަކީ އާމްދަނީ ހޯދުމަށް ވަރަށް ރަނގަޅު ކަމެކެވެ. އީސްޓް އެފްރިކާގައި ކުކުޅު ގެންގުޅޭ މީހުން ކުކުޅުން ލިބޭ އާމްދަނީ އިން ގެރިބަކަރި ގަނެގެން، ގެރިމަހާއި ކިރު ވިއްކައިގެންވެސް ގިނަ ފައިސާ ހޯދައެވެ.

Help me give away 100,000 chickens: https://t.co/EBNTEP3iUu pic.twitter.com/ASgjVtRCWh

— Bill Gates (@BillGates) June 8, 2016

ހީފާ އިންޓަނޭޝަނަލް ގެ ސީއީއޯ ބުނާ ގޮތުގައި ގޭޓްސް އާއި ހީފާ ފައުންޑޭޝަނުން ވަނީ ކުކުޅު ފޮނުވާނެ ބައެއް ގައުމުތައް މިހާރު ކަނޑައަޅާފައެވެ. އެގޮތުން އެފްރިކާ، މެދުތެރޭ އެމެރިކާ އަދި އޭޝިޔާގެ 12 ގައުމެއް ކަނޑައަޅާފައި ވެއެވެ.

މި ޗެރިޓީ ކުރިއަށް ދާވަރަކަށް ގޭޓްސް އުއްމީދު ކުރަނީ މި ޕާޓްނާޝިޕުން ފަގީރުން މަދުވާނެ ކަމަށެވެ. ގޭޓްސް މި ޗެރިޓީއަށް ކިޔަނީ ބޫޓްސްޓްރެޕް ސޮލިއުޝަން އެވެ.

Here’s how you can have a flock of chickens donated to a family in need on your behalf: https://t.co/12zlnbG8F7 pic.twitter.com/i2ML1Mp4wi

— Bill Gates (@BillGates) June 9, 2016

“އާއްމުކޮށް މީހެއްގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް މަސްވެރިކަން ކުރަން ދަސްކޮށްދެވޭ.” ބިލްގޭޓްސް ބުނެފައިވެއެވެ. “ނަމަވެސް ފެން ނުވަތަ ކަނޑު ފެންނަން ނެތް ތަނެއްގައި މަސްވެރިކަމެއް ނުކުރެވޭނެ. ނަމަވެސް ކުކުޅު ދީގެން ކުކުޅު އާލާކޮށްގެންވެސް ހައްލު ހޯދިދާނެ.” — މަސްދަރު: ޓެކް އިންސައިޑަރ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355