twitterviber whatsapp telegramfacebookyoutube instagram
14th August 2026

ނާގޯށި އަންނަ އަހަރު އޭޕްރިލް މަހު ހުޅުވަނީ

Jun 11, 2016

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ ނާގޯށި މަސައްކަތް ނިންމާ އަންނަ އަހަރުގެ އޭޕްރިލް މަހު ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެމްޓީޑީސީ އިން ހާމަކޮށްފި އެވެ.

އެމްޓީޑީސީ އިން މިހެން ހާމަކޮށްފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެގޮތުން ނާގޯށީގައި ތަރައްގީކުރަމުން އަންނަ މި ރިސޯޓުގެ ފަންސާސް އިންސައްތަ ވަނީ ނިމިފަ ކަމަށާއި ރިސޯޓުގެ ނުނިމި ހުރި މަސައްކަތް ރޯދަމަހަށް ފަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީޑީސީއިން ބުނެފައި ވެއެވެ.

މި ރިސޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށާއި މި ރިސޯޓުގެ މަސައްކަތް ހަލުއިކުރުމުގެ ގޮތުން ބަޙްރައިންގެ ތަޖުރިބާކާރު ކުންފުންޏަކާއެކު ވަނީ ޕާޓްނާޝިޕެއްވެސް ހަދާފަކަމަށް އެމްޓީޑީސީއިން މައުލޫމާތު ދެއެވެ.

ފަސްތަރީގެ މި ރިސޯޓަކީ 600 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓަކީ ހދ އަތޮޅުގައު ފުރަަތަމަ ހުޅުވޭ ރިސޯޓަށް ވާއިރު މި ރިސޯޓާއެކު މި އަތޮޅުގައި އިތުރު ވަޒީފާގެ ފުރުސަތަކެއްވެސް ހުޅުވިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355