ރާއްޖޭގައި މުޅިން އަލަށް މޮބައިލް ޕްލެޓްފޯމް އެއްގައި ލައިވްކޮށް ޔޫރޯ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނާއި ހަމައަށް އުރީދޫ އާއި އޯޕަންޓީވީ ގުޅިގެން ގެނެސްދީފި އެވެ.
ކޮންމެތަނެއްގައި ތިބެގެންވެސް ކަސްޓަމަރުންނަށް ސްމާޓްފޯންތަކުންނާއި ޓެބްލެޓް އަދި ޕީސީ ބޭނުންކުރައްވައިގެން ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ މެޗުތައް އޯޕަން ޓީވީ މެދުވެރިކޮށް ލައިވްކޮށް ބަލާލެވޭނެ އެވެ.
ޔޫރޯ މެޗްތަށް ލައިވްކޮށް ބެލޭނެގޮތް އުރީދޫއިން ވަނީ ހަމަޖައްސާފަ އެވެ. އުރީދޫގެ ޔޫރޯ ޑެއިލީ ޕެކް އަދި ޔޫރޯ ސީޒަން ޕެކް ހިޔާރުކުރައްވާ ބޭފުޅުންނަށް އޯޕަން ޓީވީގެ ޔޫރޯ އަށް ހާއްސަކުރެވިފައިވާ ޗެނަލް އަށް އަންލިމިޓެޑް އެކްސެސް ލިބިގެންދާނެ އެވެ. އެގޮތުން ޔޫރޯ ޑެއިލީ ޕެކޭޖު 30 ރުފިޔާއަށް 1 ދުވަހުގެ މުއްދަތަށް ލިބޭއިރު މުޅި ސީޒަން ބަލާލަން ބޭނުން ނަމަ 150 ރުފިޔާ ދައްކައިގެން ޔޫރޯ ސީޒަން ޕެކޭޖު ނެގޭނެ އެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވީ މުޖުތަމައު އަށް މުހިއްމުވާ މިފަދަ މުނާސަބާތަކުގައި ބައިވެރިވެ ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަކީ އުރީދޫއިން ވަރަށް އިސްކަންދޭ ކަމެއްކަމަށާއި އޯޕަން ޓީވީ އާ ގުޅިގެން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޔޫރޯ 2016ގެ މެޗުތައް ބަލާލުމުގެ ފުރުސަތު ހޯދައިދެވުމަކީ އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމުގަ އެވެ.
ޔޫރޯ ޑެއިލީ ޕެކް ނެންގެވުމަށް <EURO DAILY> ޖެއްސެވުމަށްފަހު 5505އަށް އެސްއެމްއެސް ކުރެއްވުމުން ޔޫރޯ ޑެއިލީ ޕެކްއަށް ސަބްސްކްރައިބް ކުރެއްވޭނެއެވެ. އަދި ޔޫރޯ ސީޒަން ޕެކް ނެންގެވުމަށް <EURO SEASON> ޖެއްސެވުމަށްފަހު 5505އަށް ފޮނުއްވުމުން ހިދުމަތް ލިބިވަޑައިގަންނަވާނެއެވެ. ސަބްސްކްރައިބް ކުރެއްވުމާއި އެކު ޔޫރޯގެ މެޗުތައް ބައްލަވާލެއްވުމަށް ބޭނުންވާ ޔޫޒަރ ނޭމަކާއި ޕާސްވޯޑެއް ލިބިވަޑައިގަންނަވާނެއެވެ.