twitterviber whatsapp telegramfacebookyoutube instagram
18th September 2026

އަވިން ހަކަތަ ލިބޭ މަތިންދާބޯޓެއް

Jun 11, 2016

އަވިން ހަކަތަ ހޯދައިގެން ދުއްވާގޮތަށް ތައްޔާރު ކުރި ފުރަތަމަ މަތިންދާބޯޓުގެ ޓެސްޓް ބުރުތައް ޖަހަން ފަށައިފި އެވެ. ސޯލަރ އިމްޕަލްސް 2 މިހާރު ވަނީ ޕެންސިލްވޭނިއާގެ ލީހައިވެލީ މަތިން ދަތުރުކޮށް ނިއުޔޯކްގެ ޖޭއެފްކޭ އެއާޕޯޓަށް ޖައްސާފައެވެ. މި ފުލައިޓް ވަނީ  ޓުރާންސް އެމެރިކާ ހިސާބު ވަށާ ދަތުރުކޮށްފަ އެވެ. އަވިން ހަކަތަ ލިބޭ މި ފުލައިޓް މިހާރު ތައްޔާރު ވަމުން ދަނީ އެޓްލާންޓިކް ހުރަސް ކުރަން ށެވެ.

މި ފުލައިޓް ކޮންޓްރޯލް ކުރަނީ ޕައިލެޓް އެންޑްރީ ބޯޝްބާގް އެވެ. ކަނޑު މަތިން ހުރަސް ކުރުމަށް އުނދަގޫ މިފްލައިޓް އަބޫ ދާބީ އިން ކަލާއެލޯ އަށް ވަނީ ދަތުރު ކޮށްފައެވެ. 2015 ވަނަ އަހަރު ސޯލާރ އިމްޕަލްސް ވަނީ ޓެސްޓް ކުރުމުގެ 8 ސްޓޭޖެއް ކަޑައްތު ކޮށްފައެވެ.

ސޯލަރ އިމްޕަލްސްގެ ބެޓެރީ ވަނީ އެ ސްޓޭޖުގައި ހަލާކުވެފައެވެ. އޭގެ ސަބަބުން ދަތުރު ނުކޮށް 10 މަސް މަރާމާތުގައި ބާއްވަން ޖެހުނެވެ.

ސޯލަރ އިމްޕަލްސްގެ ދަތުރު ފުރިހަމަ ވާނީ އަނބުރާ އަބޫ ދާބީއަށް ފުލައިޓް ޖެއްސުމުން ނެވެ.

މި ފުލައިޓް ވަށައިގެން ވަނީ 17،000 ފޮޓޯވޮލްޓޭއިކް ސެލްސް އެވެ. މި ސެލްސް ތަކަކީ މި ބޯޓަށް ބާރުދޭ ކަރަންޓް މޮޓޮރ ތަކެކެވެ. އަދި މީގައި ލީތިއަމް ބެޓެރީސް ހުރެއެވެ. އަދި އިރުގެ ހަކަތަ ނުލިބޭ އިރު މި ބެޓެރީ ބޭނުން ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293