މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ކޮންފަރެންސްގެ ޕުރިމިއަމް ޕާޓްނަރުގެ ގޮތުގައި ބައިވެރިވުމަށް މިއަދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ހަސަން މެރިންގެ ފަރާތުން ސޮއިކޮށްފި އެވެ.
މި އިވެންޓަކީ އެއްދުވަހުގެ ނިޔަލަށް ކުރިއަށްދާ އިވެންޓެކެވެ. އަދި މި އިވެންޓްގައި ކުރިން ޝެޑިއުލްކޮށްގެން ބޭއްވޭ ވިޔަފާރި ބައްދަލުވުންތަކާއި އެޑިއުކޭޝަން ސެޝަންތަކާއި ނެޓްވޯރކިންނާ ބެހޭ އިވެންޓްތަކާއި ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އިންޓައެކްޓިވް ހަފްލާތައް އޮންނާނެ އެވެ.
މި އިވެންޓްގައި ޝެޑިއުލް ކުރެވިފައިވާ ޕުރޮގުރާމުތައް ހެނދުނުން ފެށިގެން ހަވީރުވަންދެން އޮންނާނެ އެވެ. އަދި އައު އެކި ކަންތައްތައް ކުރުމަށް މި ޕުރޮގުރާމުތަކުން ފުރުސަތު ލިބޭނެ އެވެ. މި އެއްދުވަހުގެ ކޮންފަރެންސްއަށް ފަހު ހުރިހާ ބޭފުޅުންވެސް ދާނީ ހިތްހަމަޖެހިގެން އައު ވިޔަފާރީގެ ކަނެކްޝަން ލިބިގެންނެވެ. މި ކޮންފަރެންސްގެ އެޖެންޑާގައި ހިމެނޭނީ ސޭލްސް އަދި މާކެޓިންނާއި ރެވަނިޔު މެނޭޖެމެންޓާއި ފަރުމާކުރުމާއި ޓެކްނޮލޮޖީ އާއި ފޮޓޯގްރަފީއާއި ވީޑިއޯގްރަފީ އަދި ސަޕްލައާސް ވާހަކަ އެވެ.
ގެސްޓްހައުސް މޯލްޑިވްސްގެ ވިޔަފާރި 2014 ވަނަ އަހަރުން ފެށިގެން ފަށާފައިވާއިރު މިއަދާ ހަމައަށް 350 ގެސްޓްހައުސް 5000 އެނދުގެ ޖާގަ 80 ރަށެއްގައި ހުރެއެވެ.