twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފަހު ވަގުތު ޕީކޭ ޖަހައިދިން ލަނޑުން ޗެމްޕިއަން ސްޕެއިން ފެށުން ރަނގަޅުކޮށްފި

Jun 14, 2016

ފަހު ވަގުތު ގެރާޑް ޕީކޭ ޖަހައިދިން ލަނޑުން ޗެމްޕިއަން ސްޕެއިން އިން ޗެކް ރިޕަބްލިކްގެ ފެށުން ރަނގަޅުކޮށްފި އެވެ.

މުޅި މެޗުވެސް ސްޕެއިން އިން ކޮންޓްރޯލްކޮށްފައިވާއިރު އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް ޗެކް މި މެޗުގައި ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ ޗެކް ރިޕަބްލިކް އިން ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް މެޗުގެ 87 ވަނަ މިނެޓްގައި އިނިއެސްޓާާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ޕީކޭ ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މިރޭ ރެޕަބްލިކް އޮފް އަޔަލެންޑުން ވަނީ ސްވިޑަން އާ 1-1 އިން އެއްވަރުކޮށްފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގިނަ ހަމަލާތައް އުފައްދާފައިވަނީ އަޔަލެންޑުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 48 ވަނަ މިނެޓްގައި ސީމަސް ކޯލްމަން ނަގައިދިން ހުރަހަކުން ކާމިޔާބުކުރީ ވެސްލީ ހޫލަހަން އެވެ.

މި މެޗުގައި ސްވިޑަން އެއްވަރުކުރި ލަނޑަކީ އިބްރާހިމޮވިޗް ޕެނަލްޓީ އޭރިޔާ ތެރެއިން ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަޔަލެންޑްގެ ކްލަރަން ކްލާކްގެ ބޮލުގައި ޖެހިފައި ވަން ލަނޑެކެވެ.

މިރޭގެ ފަަހު މެޗުގައި އެންމެ ފަހުގެ ރަނަރއަޕް އިޓަލީއިން ވަނީ ބެލްޖިއަމް 2-0 އިން ބަލިކޮށްފަ އެވެ. އިޓަލީން މި މެޗުގައި ލީޑު ނެގީ ބޮނުއްޗީ ޕެނަލްޓީ އޭރިޔާތެރެއަށް މަތިމަތިން ފޮނުވާލި ބޯޅައެއް އެމަނުއެލް ގިއަޗެރިނީ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

ބެެލްޖިއަމް އިން މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ހަމަލާތައް އުފެއްދި ނަމަވެސް މެޗުގެ 93 ވަނަ މިނެޓްގައި އަނެއްކާވެސް ލަނޑު ޖެހީ އިޓަލީންނެވެ. މިއީ ކައުންޓަރ އެޓޭކެއްގައި އުފެއްދި ހަމަލާއަކުން ޕެއްލޭ ވޮލީއަކުން ޖަހައިދިން ލަނޑެކެވެ.

މާދާމާ މި މުބާރާތުގައި ކުޅޭ މެޗުތަކުގައި ބައްދަލުކުރާނީ ރަޝިޔާ އާއި ސްލްވާކިޔާ، ރޮމޭނިޔާ އާއި ސްވިޒަލެންޑް އަދި ފްރާންސް އާއި އަލްބޭނިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355