twitterviber whatsapp telegramfacebookyoutube instagram
13th September 2025

މަކުނުދޫގައި ގޭހާއި ކާޑުގެ ބާއްވަތްތައް ހުސްވެފައިވާތާ ހަފްތާއެއް

Jun 14, 2016

ހދ މަކުނުދޫއިން ގޭހާއި ކާޑުގެ ބާއްވަތްތައް ހުސްވެފައި ވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ކޭއޯ އަށް ވިދާޅުވީ ކާނޑުގެ ބާއްވަތްތައް ހުސްވެ އެއްގޭގައި ހުރި އެތިކޮޅު އަނެއްގެއަށް ދީގެން އުޅޭތާ ހަފްތާއެއް ވަނީ ކަމަށާއި އެރަށު ފިހާރަތަކުން އެއްކޮށް ކާޑުގެ ބާވަތް ހުސްވެފައިވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ކާޑުގެ ބާވަތް ހުސްވާން ދިމާވީ ރޯދަ އައުމުގެ ކުރިން މޫސުން ގޯސްވެ މަކުނުދޫއިން މާލެއާއި ދޭތެރޭގައި ދަތުރުކުރާ ބޯޓަށް ދަތުރު ކުރެވޭގޮތް ނުވުމުންނާއި އިހަވަންދޫ ބޯޓް މަރާމާތު ކުރަމުންދާތީ ކަމަށް ޝާކިރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިއަދު ވަނީ ކުޅުދުއްފުއްޓަށް ގޭހާއި ކާޑުގެ ބާއްވަތްތައް ގެނައުމަށް ދޯންޏެއް ފޮނުވާފައިވާ ކަމަށާއި އެސްޓީއޯއިން ކާޑު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

އެހެންނަމަވެސް ބޭނުންވާ ވަރަށް އެސްޓީއޯއިން ކާޑާއި ގޭސް ނުލިބޭ ކަމަށާއި އެންމެ ބޮޑު އެދުމަކީ ކުރިއަށް އޮތްތަނުގައިވެސް އެސްޓީއޯއިން ކާޑާއި ގޭހުގެ އިތުރުުންވެސް އެހެނިހެން ސާމާނު ފަސޭހައިން ލިބޭނެ އިންތިޒާމް ހަަމަޖެހިގެން ދިއުންކަމަށް ޝާކިރު ވިދާޅުވި އެވެ.

ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ މަކުނުދޫއަކީ އަތޮޅުތަކާއި ވަކިން ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި ވަކިން އޮންނަ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355