twitterviber whatsapp telegramfacebookyoutube instagram
6th November 2025

މިއަހަރު ހދ އަތޮޅަށް 118 ފޮށި ކަދުރު، މާދަމާ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށަނީ

Jun 14, 2016

މި އަހަރުގެ ރަމަޟާންމަހަށް ސައޫދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން ހދ. އަތޮޅަށް ފޮނުވި ކަދުރު ލިބިފައިވާ ކަމަށާއި މާދަމާ އަތޮޅުގެ ރަށްތަކަށް ކަދުރު ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.

ހދ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ކޭއޯ އަށް ވިދާޅުވީ ހދ. އަތޮޅަށް މިއަހަރު ފޮނުވާފައިވާ 118 ގަނޑުފޮށި ކަދުރު ހަނިމާދުއަށް އައިސްފައިވާ ކަމަށެވެ. އަދި މާދަމާ ކަދުރުފޮށިތައް ކުޅުދުއްފުއްޓަށް ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަހުމަދު ވިދާޅުވީ ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ބެހުމަށް ލިބިފައިވާ މިކަދުރު ފޮށިތައް ފެރީ ނިޒާމްގެ ތެރެއިން މާދަމާ ބެހުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ހދ އަތޮޅަށް ކަދުރު ލިބުނު ވަރަށް މަދުކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން މިދިޔަ އަހަރު ހދ އަށް 181 ފޮށި ކަދުރު ލިބިފައިވާއިރު އޭގެ ކުރީގެ އަހަރު 183 ފޮށި ކަދުރު ލިބިފައިވެ އެވެ.

މީގެ ކުރީގެ އަހަރުތަކުގައި ރޯދަމަސް ފެށުމުގެ ކުރިން ކަދުރު ލިބުނު ނަމަވެސް މިއަހަރު ގޭ ބިސީތަކަށް ކަދުރު މި ލިބެނީ އެއް ދިހައެއް ދާ ފަހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355