twitterviber whatsapp telegramfacebookyoutube instagram
15th February 2026

އާންމު އިޖުތިމާއި މިންގަނޑާއި ބެހޭ ގާނޫނާއި ބެހޭގޮތުން ފުނަދޫ ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދީފި

Jun 15, 2016

އާންމު އިޖުތިމާއި މިންގަނޑާއި ބެހޭ ގާނޫނުގައި ހިމެނޭ ބައިތަކާއި ގުޅޭ ގޮތުން ށ.ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް މައުލުމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްޕި އެވެ.

މި ސެޝަންގައި އާްންމު އިޖުތިމާއީ މިންގަނޑާއި ގުޅޭ ގަނޫނުގައި ހިމެނޭ ކަންތައްތައް ދަރިވަރުންނަށް ވަނީ އޮޅުން ފިލުވައި ދީފައެވެ. އަދި އެ ގާނޫނުގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކާއި ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރި ކުރުމަށް ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުންވެސް މި ޕްރޮގްރާމުގައި ދީނީގޮތުންނާއި އުޅޭ އުޅުމުގައި ވިސްނަން ޖެހޭ ކަންތައްތައް ވަނީ ދަރިވަރުންނަށް ކިޔާދީފަ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ށ.ފުނަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި މައުލޫމާތު ދިނުމުގެ ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 8 ، 9 އަދި 10 ގެ 70 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355