twitterviber whatsapp telegramfacebookyoutube instagram
6th November 2025

ހަލްއިންޝުއަރެންސް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އިންޖީނެއް

Jun 15, 2016

ޑިދޯނިފަހަރަށް ހާއްސަ އެލައިޑުގެ އިންޝުއަރެންސް ސްކީމް “ހަލް އިންޝުއަރެންސް” ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އިންޖީނެއް ހަދިޔާ ކޮށްފި އެވެ.

ހަލް އިންޝުއަރެންސް އަށް އާންމުން އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ހޮވިފައިވަނީ “އައިރިސް” އުޅަނދު އިންޝުއާ ކުރި އަހުމަދު ރަޝީދެވެ.

ރަޝީދަށް އިނާމެއްގެ ގޮތުން ދިނީ ހަސަން މެރިން އިން ވިއްކާ މާކިއުރީ ބްރޭންޑުގެ 4ސްޓްރޯކް 30 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެކެވެ.

އެލައިޑާއި ހަސަން މެރިން އިންޖިނިއަރިން އިން މި އަހަރުގެ ފެބްރުއަރީ ހަތަކުން އޭޕްރިލްގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ަލް އިންޝުއަރެންސް ސްކީމާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ތަފާތު ހަރަކާތްތައް އެލައިޑުން ކުރިއަށް ގެންގޮސްފައިވެ އެވެ.

މިއީ އޮޑިދޯނިފަހަރާއި އޮޑިވެރިޔާ އަށް ކަނޑުމަތީގައި ދިމާވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީން ކޮށްދޭ ސްކީމެކެވެ. އެގޮތުން، އުޅަނދާއި އޭގެ އާލާތްތައް އަދި ފަޅުވެރިންނާއި ޕަސެންޖަރުންނަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އެކްސިޑެންޓްތަކާއި މުދާ އަރުވައި ބޭލުމުގައި ލިބޭ ގެއްލުންތަކަށް ބަދަލު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355