twitterviber whatsapp telegramfacebookyoutube instagram
8th June 2025

ށ. އަތޮޅު ސްކޫލުތަކުގައި ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކުރަން އަލުން އިއުލާނު ކުރަނީ

Jun 16, 2016

ށ. އަތޮޅު ކައުންސިލުން އެ އެތޮޅު ހުރިހާ ސްކޫލުތަކުގައި ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކޮށްދިނުމަށް ކުރިން ކުރި އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަން ނިންމައިފި އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އަރީފް ވިދާޅުވީ ކުރިން ކުރި އިއުލާނު ބާތިލް ކުރަން ނިންމީ އިއުލާނު ކުރުމުން ބިޑް ހުށަހަޅަން އެންމެ ފަރާތުން ޝައުގުވެރިކަން ފާޅުކުރުމުން ނެވެ.

ކުރިން ކައުންސިލުން ނިންމާފައިވާ ގޮތުގައި ސްކޫލު ތަކުގައި ބަހައްޓަން ނިންމީ އެޗުޑީ ޓީވީ އެކެވެ. ނަމަވެސް މިހާރު ކައުންސިލުން ބޭނުންވަނީ ރާއްޖެއިން ބޭރުން އައު ޓެކްނޮލޮޖީއެއް ގެންނަން ށެވެ.

މުހައްމަދު އަރީފް ވިދާޅުވީ އިއުލާނު ކުރުން ލަސްވަނީ ކައުންސިލުން އައު ޓެކްނޮލޮޖީ އާއި ބެހޭ މައުލޫމާތު ސާފުކޮށް ނުނިމޭތީ އެވެ. މައުލޫމާތު ސާފުކޮށް ނިމުނުހާ އަވަހަށް އިއުލާނު ކުރާނެ ކަމަށް  މުހައްމަދު އަރީފް ވިދާޅުވި އެވެ.

ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކުރުމަށް ހުރިހާ ސްކޫލުތަކަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com