twitterviber whatsapp telegramfacebookyoutube instagram
14th August 2026

ފަޅު ގޯތިތަކުގައި މަދިރި އުފެދޭ ގޮތަށް ހުރިތަންތަން 10 ދުވަހުގެ ތެރޭގައި ނަންތާލުމަށް ކައުންސިލުން އަންގައިފި

Jun 16, 2016

މީހުން ދިރި ނޫޅޭ ގޯތިތައް ނުވަތަ ފަޅު ގޯތިތަކުގައި މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނަންތާލުމަށް އެތަންތަނުގެ ވެރީންނަށް ކުޅުދުއްފުށީ ކައުންސިލުން އަންގައިފިއެވެ.

އެފަދަ ތަންތަނުގެ ވެރީންނަށް ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގޫހުން އަލުވިކަމާއެކު ފެތުރެމުންދާ ދުވަސް ވަރެއް ކަމުން މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި އެފަދަ ތަންތަން ހުރިއްޔާ ނައްތާލުމަށް އަންގާކަމަށެވެ.

އަދި މިދުވަސް ވަރަކީ ވާރޭ ވެހޭ ދުވަސްވަރެއް ކަމުން މަދިރި އުފެދުމުގެ ފުރުސަތު ބޮޑުވާނެތީ އެކަމަށް ސަމާލުވެ އެފަދަތަންތަން ނައްތާލައި ގެވަޅުތަކުގެ ވަށާމަގުތައް ވިނަ ނޮޅައި ސާފުކޮށް، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެފަދަ ތަންތަން ނައްތާލުމަށެވެ.

އަދި އެތަންތަން ސާފުކުރުމަށްފަހު ކައުންސިލަށް އެކަން އެނގެވުމަށް އެދޭކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އަދި ޑެންގޫހުން ކޮންޓްރޯލްކުރުމަށް އޮތް އެންމެ ބޮޑު މަސައްކަތްތަކީ މަދިރި އުފެދޭ ތަންތަން ނައްތާލުންކަން ކައުންސިލުން ވަނީ އެސިޓީގައި ފާހަގަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355