ފުރިހަަމަ ސިއްހަތެއްގައި ހުރުމަށް ދިމަވާ މައްސަލަތައް ދެނެގަތުން އެއީ މުހިއްމު ކަމެކެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުން މެޑިކަލް ޗެކަޕެއް ހެއްދުން އެއީ ނުވެދާނެ ކަމެކެވެ. އެހެންނަމަވެސް މިކަންކަން ހުންނަން ޖެހޭ މިންވަރު އެގޭނަމަ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބޮޑު އެހީ އަކަށްވާނެ އެވެ.
ބްލަޑް ޕްރެޝާރ
ލޭގެ ޕްރެޝާއަކި ހުންނަން ޖެހޭ މިންވަރުގައި ހިފެހެއްޓިފައި ހުންނަން ޖެހޭ އެއްޗެކެވެ. މާ މަތި ވުމުން ނުވަތަ މާ ދަށްވުމުންވެސް މައްސަލަ ކުރިމަތި ވެއެވެ. އެގޮތުން ވަރުވަލިވުމާއި ބޮލުގައި ރިހުން ފަދަ މައްސަލަތައް ދިމާވެއެވެ. އަންހެނެއްގެ ބްލަޑް ޕްރެޝާރ ހުންނަން ޖެހޭނީ 80/120 ނުވަތަ އެއަށް ވުރެ ދަށުގައެވެ.
ކޮލެސްޓްރޯލް
ކޮލެސްޓްރޯލް ލެވެލް އަކީ ފަސޭހައިން ޗެކްކޮށްލޭވޭނެ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ފަރުވާ ކުޑަކޮށްލެވޭ ކަމެއްވެސް މެއެވެ. މަދު ވެގެން އަހަރަކު އެއްފަހަރު ކޮލެސްޓްރޯލް ލެވެލް ޗެކް ކޮށްލަން ޖެހެއެވެ. ކޮލެސްޓްރޯލް ޗެކް ކުރުމުގައި 2 ބައެއް ހިމެނެއެވެ. އެއީ އެލްޑީއެލް ނުވަތަ “ބޭޑް ކޮލެސްޓްރޯލް” އަދި އެޗްޑީ އެލް “ގުޑް ކްލެސްޓްރޯލް” އެވެ. އެގޮތުން އެލްޑީއެލް ހުންނަން ޖެހޭނީ 100 އަށް ވުރެ ދަށުގައެވެ. އަދި އެޗްޑީއެލް ހުންނަ ޖެހޭނީ 60 ވުރެ މަތީގަ އެވެ.
ބްލަޑް ސުގާރ
ހަކުރު ބައްޔަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލަ އެކެވެ. ލޭގައި ހަކުރުގެ މިންވަރު ހުންނަން ޖެހޭނީ 5.7 ގަ ނުވަތަ އެއަށްވުރެ ދަށުގަ އެވެ. 5.7 – 6.4 ދެމެދު ހުރެއްޖެނަމަ ޑައިބެޓީސް ޖެހުމުގެ ފުރުސަތު ބޮޑެވެ.