twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަފާތު ބޮޑުކޮށް ބެލްޖިއަމް މޮޅުވިއިރު، ރޮނާލްޑޯގެ ޕެނަލްޓީ ވައްދައި ނުލެވި ޕޯޓްގަލްގެ މެޗު އެއްވަރުވެއްޖެ

Jun 19, 2016

ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު މެޗުތަކުގައި ބެލްޖިއަމްއިން އަޔަލެންޑްގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރިހޯދިއިރު ޕޯޓްގަލް އާއި އޮސްޓްރިއާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ބެލްޖިއަމް އާއި އޮސްޓްރިއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ 48 ވަނަ މިނެޓްގައި އުފެއްދި ކައުންޓަރ އެޓޭކް ހަމަލާއެއްގައި ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ. އަދި މެޗުގެ 61 ވަނަ މިނެޓްގައި ތޯމަސް މިއުނިއާ ނަަގައިދިން ހުރަހަކުން ބޮލުން ޖަހައި އެކްސެލް ވިޓްސެލް ދެވަނަ ލަނޑު ޖެހިއިރު، މެޗުގެ 70 ވަނަ މިނެޓްގައި އެޑެން ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި ގުރޫޕްގެ އެއްވަނާގައި 6 ޕޮއިންޓާއެކު އިޓަލީ އޮތްއިރު ބެލްޖިއަމް ދެވަނާގައި އޮތީ 3 ޕޮއިންޓާއެކު އެވެ. ސްވިޑަން އަދި އަޔަލެންޑް ތިންވަނަ އަދި ހަތަރު ވަނާގައި އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ.

ރޭ ގުރޫޕް ސްޓޭޖްގެ ދެވަނަ މެޗު ދުވަސް ނިމުނުއިރު ގުރޫޕް އެފް ގައި ކުޅުނު ދެ މެޗުވެސް ވަނީ އެއްވަރުވެފަ އެވެ. ޕޯޓްގަލް އާއި އޮސްޓްރިއާ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މެޗުގެ 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ ޖެހީ ދަނޑީގަ އެވެ.

 

ރޮނާލްޑޯ ޕެނަލްޓީ ނުވަނުމުން

މި ގުރޫޕްގެ އަނެއް މެޗުގައި ހަންގޭރީ އާއި އައިސްލޭންޑް ކުޅުނުއިރު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ 40 ވަނަ މިނެޓްގައި އައިސްލެންޑްގެ ގިލްފީ ސިގަޑްސަން ޕެނަލްޓީއަކުން ލަނޑެއް ޖަހައި 1-0 އިން މޮޅުވާން ދަނިކޮށް މެޗު އެއްވަރުވީ އައިސްލެންޑްގެ ކުޅުންތެރިއެއް އަތުން މެޗުގެ 88 ވަނަ މިނެޓްގައި ބައިކޮޅަށް ލަނޑެއް ވަނުމުންނެވެ.

މި ގުރޫޕްގެ އެއްވަނާގައި މި ވަގުތު 4 ޕޮއިންޓާއެކު ހަންގޭރީ އޮތްއިރު ދެވަނަ އަދި ތިންވަނާގައި 2 ޕޮއިންޓާއެކު އޮތީ އައިސްލެންޑް އަދި ޕޯޓްގަލް އެވެ. ގުރޫޕްގެ ފުލުގައި އޮސްޓްރިއާ އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ.

ސިގަޑްސަން ޕެނަލްޓީ ވައްދާލުމަށްފަހު

މިރޭ މި މުބާރާތުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗު ދުވަސް ފެށޭއިރު 0000 ގައި ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ރޮމޭނިއާ އާއި އަލްބޭނިޔާ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ކުޅޭނީ ފުރާންސް އަދި ސްވިޒަލެންޑް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355