twitterviber whatsapp telegramfacebookyoutube instagram
7th June 2025

ހަނިމާދޫ ކެތިއަރާ މަސް ރޭސް މިއަހަރުވެސް ބާއްވަނީ

Jun 19, 2016

ކުރިއަށް އޮތް ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ވަޅުއީދު ދުވަހު ހަނިމާދޫ ކެތިއަރާ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފި އެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތައް މިއަހަރުވެސް ފިތުރު އީދުގެ މުނާސަބަތާއި ގުޅުވައިގެން ހަނިމާދޫ އެންމެހައި ރައްޔިތުންނަށް އަމާޒުކޮށްގެން ކެތިއަރާ މަސްރޭސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ ރޭސް އިންތިޒާމް ކުރާ ފަރާތުން ކުރި އިއުލާނުގަ ވެެއެވެ.

މި މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން މިމަހު 30 ވާ ބުރާސްފަތި ދުވަހުގެ 16:30ގެ ނިޔަލަށް ހުޅުވާލެވިފައި ވާނެ ކަމަށާއި ފޯމާއި އެކު ކޮންމެ ޓީމަކުން ފޯޯމާއި އެކު 500 ރުފިޔާ ހުށައަޅަން ޖެހޭނެ ކަމަށް އެއިއުލާނުގައި ވެއެވެ.

މަސްރޭހުގެ ގަވާއިދާ ބެހޭގޮތުންނާއި އިތުރު މައުލޫމާތު ހޯއްދެއްވުމަށް 7692878 އަދި 9777251 ނަންބަރާ ގުޅުއްވުމަށް އިއުލާނުގައި ވެއެވެ.

 

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com