ޓޫ ކެޓްލިސްޓް ބޭނުންކޮށްގެން ޗައިނާގެ ރިސާޗަރުންތަކެއް މިވަނީ ބޭނުން ނުކުރާ ޕްލާސްޓިކް ފުޅިންނާއި ޕްލާސްޓިކް ކޮތަޅު އެއްޗެހިން ތެޔޮ އުފައްދާނެގޮތް ހޯދާންފަށާފަ އެވެ.
ޕުލާސްޓިކް އުފައްދާނީ ގިނަ ބާވަތްތަކުގެ ކެމިކަލްސް ތަކުގެ ސަބަބުން ކަމުން ޕުލާސްޓިކަކީ ގިނަ ދުވަހު ފަނާނުވެ ހުންނަ އެއްޗަކަށް ވަނީ ވެފައެވެ. އަދި ޕުލާސްޓިކަކީ ހުރިހާ ތާކު ހުންނަ އެއްޗެކެވެ. ސައިންސްވެރިން ބުނާގޮތުގައި 60 ޕަސެންޓަށް ވުރެން ގިނަ ޕްލާސްޓިކް ފުޅިއާއި ކޮތަޅުގެ ބާވަތްތައް އުކާލާފައި ކުނިގޮނޑުތަކުގައި ހުރެ އެވެ.
މިކަމުގެ ސަބަބުން ސައިންސްވެރިން ވަނީ ޕްލާސްޓިކުން ތެލާއި އެހެންވެސް ބޭނުން ހިފޭނެ އެއަޗެހި އުފައްދަން ދިރާސާ ކުރަން ފަށާފަ އެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ ޕުލާސްޓިކުން ތެޔޮ އުފެއްދުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ.
ޕުލާސްޓިކަކީ ފަސޭހައިން ވިރޭ އެއްޗެކަމުން ސައިންސްވެރިން ބޭނުންވަނީ ވަރަށް މަދުން ހޫނުމިނާއި ހަކަތަ ބޭނުންކުރާ މެތަޑެއް އުފައްދަންށެވެ. ޕުލާސްޓިކްގެ އެކި ބާވަތްތައް ކަމަށްވާ ޕުލާސްޓިކް ފުޅިއާއި ޕުލާސްޓިކް ކޮތަޅު އަދި ލުއިކާނާ ޕެކެޓްތައް ބައިބައި ކުރަން ރިސާޗަރުން ބޭނުން ކުރަނީ ދެ ކެޓްލިސްޓްގެ އިތުރުން އަލްކޭން އެވެ.
ކުރިއަށް މިއޮތް އަހަރު ތަކުގައި ސައިންސްވެރިން ބުނަނީ ޕުލާސްޓިކުން ތެޔޮ އުފައްދާނެ ކަމަށެވެ.