twitterviber whatsapp telegramfacebookyoutube instagram
13th September 2025

އަތުމީރު ބުރޭންޑުގެ ހަވާދުގެ ބާވަތްތައް ބޭނުންކުރުން މަނާކޮށްފި

Jun 21, 2016

ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ އަތުމީރު ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަތުމީރު ބްރޭންޑްގެ ހަވާދުގެ ބާވަތްތައް އުފައްދާ ތަނަކީ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި މިކަމަކީ އާންމު ސިއްހަތަށް ނުރައްކަލެއް މެދެވެރިވެދާނެ ފަދަ ކަމަކަށްވާތީ މި ބްރޭންޑްގެ އުފެއްދުންތައް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި މިތަކެތި ބާޒާރުން ނެގުމަށް އެ އޮތޯރިޓީން ވަނީ އަންގަވާފަ އެވެ.

މިހާރު ބާޒާރުގައި ހުރި މި ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާ ކަމެއް ކަމަށާއި މި ބްރޭންޑްގެ އުފެއްދުންތަކުގެ ރައްކާތެރިކަން އެ އޮތޯރިޓީން ކަށަވަރުކޮށް އަންގަންދެން މި ބާވަތްތައް ބޭނުންނުކުރުމަށް ވަނީ އަންގަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355